Wednesday, November 18, 2015

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް








ލިޔުނީ: ނާހިދާ މުޙައްމަދު
 ލާރނިންގ މެނޭޖްމެންޓް ސިސްޓަމަކީ ކޮބާ؟
ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ނުވަތަ އެމް.އެލް.އެސް ބިނާވަނީ ޒަމާނީ ވަސީލަތްތަކުގެ މައްޗަށެވެ. މިއީ ތަފާތު ސޮފްޓްވެއަރ ބޭނުންކޮށްގެން ނުވަތަ ކުރިއަރާފައިވާ މިޒަމާނުގެ ވަޞީލަތްތަކުގެ އެހީގައި ކިޔަވައި ދިނުމުގެދާއިރާގެ ކުރިއެރުމާއި އޮފީސް މަސައްކަތްތައް ޒަމާނާ ގުޅޭގޮތުން ދަސްކޮށްދިނުމަށް ބޭނުންކުރާ އުގަންނައިދިނުމަށް ފަސޭހަ ސިސްޓަމެކެވެ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ މި ސިސްޓަމް ބިނާވަނީ އޮންލައިން އިންޓަރނެޓްގެ މައްޗަށެވެ. އެހެންކަމުން މިޚިދުމަތަކީ ކިޔަވަމުންދާ ކޯހެއް ނުވަތަ ބޭނުންވާ އެހެންވެސް ޢިލުމީ މަސައްކަތެއް ނޫނީ ބޭނުންވާ ފިލާވަޅުތަކާއި މަޢުލޫމާތުތައް ކިޔަވަމުންގެންދާ ފަރާތް އަވަސްކަމާއެކުގައި ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިއްމު ސިސްޓަމެކެވެ. މި ސިސްޓަމަކީ ޒަމާނީ ކުރިއެރުމާއި ތަރައްޤީގެތެރޭގައި ވައިގައި ހިފާފައިވާ ޕްރޮފެޝަނަލް ނިޒާމެކެވެ. މީގެ އެހީގައި ކޮންމެތަނެއްގައި ތިބޭބަޔަކުވެސް އުފެއްދުންތެރިކަމާއެކު ތަމްރީނު ކުރުމުގެ ޤާބިލުކަން ލިބިފައިވެއެވެ.
މި ސިސްޓަމުގައި ތަފާތު ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮށް ދިނުމާއި ދަރިވަރުން ކޯސްތަކަށް ރަޖިސްޓްރީކޮށްދިނުމާއި ތަމްރީނުދިނުމަށް ރާވާ ކަންތައްތައް މެނޭޖްކުރުމުގެގޮތުން ޝެޑިއުލުކުރުމާއި ކަރިކިއުލަމްއާއި ތަފާތު ސަޓިފިކޭޝަން މެނޭޖްމަންޓާއި ތަފާތު ހުނަރު ގެޕް އެނަލަސިސްއާއި އިންޑިވިޖުއަލް ޑިވެލޮޕް މަންޓް ޕްރޮގްރާމްތަކާއި ފެންވަރު ބެލުމުގެގޮތްތަކާއި ނަތީޖާ ނެރުމަށާއި ރިޕޯރޓް ލިޔުމާއި ކޯސްތައް ފަރުމާ ކުރުންފަދަ ކަންކަމުގައި ބޭނުންކުރެވެއެވެ.
ލާރނިންގ މެނޭޖްމެންޓް ސިސްޓަމް ގެ ތާރީޚް:

ެލް.އެމް.އެސް (ލާރނިންގ މެނޭޖްމަންޓް ސިސްޓަމް) ގުޅިފައިވަނީ އިންޓަރ ގްރޭޓެޑް ލާރނިން ސިސްޓަމް (އައި.އެލް.އެސް) އާއެވެ. މިއީ އުގަންނައި ދިނުމުގައި ބޭނުންކުރެވޭ ޙަޤީޤީ މެނޭޖްމަންޓް ސިސްޓަމް ތަކުގެތެރެއިން ފިލާވަޅުތައް ފުޅާކަންބޮޑު ގޮތެއްގައި ހިލޭ ފޯރުކޮށްދެވޭ އެންމެ މުހިއްމު ސިސްޓަމެވެ.
މިސިސްޓަމްގެ ޚިދުމަތް ފެށިފައިވަނީ 1990 ގެ އަހަރުތަކުގެ ފުރަތަމަ ދުވަސްވަރުގައެވެ. މިއީ "ލޫތާ ސެމިނަރީ (އެސްޓީ ޕައުލް)" ފެކަލްޓީގެ މެމްބަރުންނަށް ފަސޭހަކުރުމުގެގޮތުން އެމީހުން އުފެއްދި ސިސްޓަމެކެވެ. އެ ފެކަލްޓީގައި ކިޔަވަމުންގެންދިޔަ ޒުވާނުންކޮޅަކަށް ފައިސާގެ ދަތިކަން ދިމާވުމާއި އެހެނިހެން ސަބަބު ތަކާހުރެ "ޓޮމް ވޯކާ" ނިންމީ މިފަދަ ކުދީންނަށް ދުރުގައި ތިބެގެންވިޔަސް ކިޔެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށެވެ. މީނާ އުފެއްދި ސޮފްޓްވެއަރއެއް މެދުވެރިކޮށްގެން ހުރިހާކުދީންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަތައް ލިބިގެންދިޔައެވެ. މި ސޮފްޓްވެއަރ ބޭނުން ނުކުރެވޭ ކުދީންނަށް މިފަދަ އެހެން ކޮންމެވެސް ވަސީލަތެއްގެ އެހީގައި މިކަން ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައީ މިހިސާބުންނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި އިންޓަރނެޓް ބޭނުންކުރެވެން ފެށީ 1996 ވަނައަހަރުއެވެ. އޭގެ ފަހުން ރާއްޖޭގައިވެސް ދަނީ ތަފާތު އެތައްގޮތަކުން އެކިއެކި ޕްރޮގްރާމްތައް ތަޢާރަފް ކުރަމުންނެވެ. މިގޮތުން ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެތެރޭގައި އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުންތަކުގެ ފަހަތުގައި މެނޭޖްމަންޓް ސިސްޓަމުގެ އެހީތެރިކަންވަނީ ވަރަށްބޮޑަށްލިބިފައިވެއެވެ. ރާއްޖޭގެއޮފީސްތަކުގައި މިސިސްޓަމް  ބޭނުންކުރެވެން ފެށުމުން ލިބިގެންދިޔަ ކުރިއެރުންތައް ވަރަށްގިނައެވެ. ގިނަ ފަރާތްތަކުން މި ސިސްޓަމް ބޭނުންކުރަނީ މުވައްޒަފުންގެ ކުރިއެރުމާއި ތަމްރީނުތައް ހެދުމުގެގޮތުންނެވެ. އަމިއްލަ ޖަމާޢަތްތަކާއި ކުންފުނިތަކުންވެސް ދަނީ މި ސިސްޓަމްގެ އެހީގައި އެމީހުންގެ ނިޒާމްތައް ހަރުދަނާ ކުރަމުންނެވެ. މިއަދު ރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނިކަމުގައިވާ ދިރާގުން ގެންދަނީ މި ޚިދުމަތުގެ އެންމެމަތީ ދަރަޖައަށް ވާސިލު ވެވޭނެފަދަ މަގުތައް ތަނަވަސްކޮށް ދެމުންނެވެ. އެހެންކަމުން ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެ ބޭނުން ހިފަމުންގެންދާ ފަރާތްތައް އިތުރުވަމުންދާ މިންވަރަކަށް މި ސިސްޓަމް ހަރުދަނާވެ ބޭނުންތެރިކަން އިތުރުވަމުން ދާކަމީ ކަށަވަރުވެ ފެންނަން އޮތްކަމެކެވެ. ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކީ، ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ވަސީލަތަކަށް ވުމުން އަޅުގަނޑުމެންގެ ތެރޭގައިވެސް މިއަދު މިވަނީ މި ސިސްޓަމަށް އިތުބާރާއި ޔަޤީންކަން ބޮޑުވެފައެވެ.



ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބޭނުންކުރަނީ ކޮންބައެއް؟
ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެ ބޭނުން ދުނިޔޭގެ ގިނަބަޔަކު ދަނީ ހިފަމުންނެވެ. އެހެންނަމަވެސް މި ޚިދުމަތް ލިބިގަންނަ ތަފާތު ފަރާތްތަކުން ޚިދުމަތް ހޯދަމުންގެންދަނީ އެބައެއްގެ ކުރިއެރުމާއި ފައިދާގެ މައްޗަށް ބިނާކޮށްގެންނެވެ. މިގޮތުން ދުނިޔޭގެ ނަންމަޝްހޫރު އެތައް ސިސްޓަމްތަކެއް ވަނީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމާ ގުޅިލާމެހިފައެވެ. މިއަދު ލިބެމުންދާ ބައެއްޚިދުމަތްތަކީ މި ސިސްޓަމާނުލައި އެއްގޮތަކަށްވެސް ފުރިހަމަވެގެން ނުދާނެ ޚިދުމަތްތަކެވެ.

ސޮފްޓްވެއަރ ކުންފުނިތައް:
ވިޔަފާރީގެ ދާއިރާގައި މިއަދު ދުނިޔޭގައި އެންމެމަޤްބޫލް ބަޔަކީ ސޮފްޓްވެރައ ކުންފުނިތަކެވެ. މި ކުންފުނިތަކުން އުފައްދާ ސޮފްޓްވެއަރ ވީހާވެސް އަވަހަކަށް ވިއްކާލުމުގެ މަސައްކަތަކީ މި މީހުން ދުރާލައި ރާވައިގެން ކުރަމުންއަންނަ މަސައްކަތެކެވެ. ދުނިޔޭގެ ކޮންމެ ޤަމުމަކަށްވެސް މިއަދު މި ކުންފުނިތަކުން ތަކެތި ވިއްކުމުގެ މަސައްކަތް ކުރަމުންގެންދަނީ އެކަމާގުޅޭ ހުރިހާ މަޢުލޫމާތެއް މުޅި ދުނިޔެއާ ޙިއްޞާ ކުރަމުންނެވެ. މި ކުންފުނިތަކުން އެމީހުންގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ވިޔަފާރީގެ ޕާރޓްނަރުންނާ މުއާމަލާތުކޮށް، މަޢުލޫމާތު ޙިއްޞާ ކުރުމަކީ އެމީހުން ވަރަށް ވިސްނުންތެރިކަމާއެކުގައި ކުރަމުންގެންދާ ކަމެކެވެ.  މިކަމަށްޓަކައި މި ވެރިން ބޭނުންކުރަނީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމެވެ. މި ސިސްޓަމްގެ އެހީގައި އެމީހުންގެ އެޕްލިކޭޝަންތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް މުޅި ދުނިޔެއަށް ޢާއްމުކޮށް ބާޒާރު ހޯދައެވެ. އެހެންކަމުން ބިޒްނަސްގެ ދާއިރާގައި މިއަދު އެންމެބޮޑު ކުރި އެރުމެއް އޮތީ މިސިސްޓަމްގެ ބޭނުން ކޮށްގެންނެވެ.

ތަޢުލީމީ މުއައްސަސާތައް:
ތަޢުލީމް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރާފައިވާ އެއްދާއިރާއަކީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމެވެ. އެއްވެސްމީހަކަށް އެއްވެސްކަމެއް ކުރުމުގެ ޤާބިލުކަން ތަޢުލީމްގެ އެހީގައި ނޫނީ މިއަދު ނުލިބޭބަކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ކުރިންވެސް ދަންނަވާ ލެވިފައިވާފަދައިން ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައިވެސް ލާރނިންގ މެނޭޖްމަންޓް ސިސްޓް އަދާކުރާ ރޯލުވަރަށް ފުޅަލެވެ. ޕްރޮފެޝަނަލް ހުރިހާ ދާއިރެއްގައި ތަޢުލީމީ ގިއުގަނޑު ބައްޓަން ކުރުމުގައި މިހާރު މުޅި ދުނިޔެވެސްވަނީ ލާރނިންގ މެނޭޖްމަށްޓަށް ވަރަށްބޮޑު އިސްކަމެއް ދީފައެވެ. މިގޮތުން ކުލާސްރޫމްތަކުގައި ކިޔަވައިދިނުމާ ހިސާބުން އަމިއްލަ އަށްކިޔެވުމާ ހަމައަށް މިސިސްޓަމްވަނީ މަގުތަކެއް ކޮށައި ދީފައެވެ. އީ- ލާރނިންގެ ކުލާހެއް ނުވަތަ ކޯހެއް ނުހިންގާ ދުނިޔެއަށް ނަންމަޝްހޫރުވެސް އެއްވެސް ތަޢުލީމީ މުއައްސަސާއެއް މިއަދަކުނެތެވެ. މިއިން ކޮންމެތަނަކުންވެސް ކޯސްތައް ބައްޓަންކުރަނީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމަށް އިސްކަންދީގެންނެވެ. އެހެންކަމުން މިއަދުގެ ތަހްޒީބް ޓެކްނޮލޮޖީގެ މިޖީލް ވަނީ ލާރނިންގ މެނެޖޭމްމަންޓް ސިސްޓަމުން ގުޅުވާލެވިފައެވެ.
ޞިއްޙީ ދާއިރާ:
ޞިއްހީ ދާއިރާގެ ކޮންމެ ޚިދުމަތެއް މިއަދު ބިނާވެފައިވަނީ ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެ މައްޗަށެވެ. ޢާއްމު ފަރުދުންނަށް ދޭންވާ ޚިދުމަތް އެންމެފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޞިއްޙީދާއިރާގެ ކޮންމެ މަޢުލޫމާތެއް ފޯރުކޮށްދެވެނީ ލާރނިންގ މެނެޖޭމްމަންޓް ސިސްޓަމްގެއެހީގައެވެ. މިގޮތުން ޑޮކްޓަރުން އެމީހުންގެ ޚިދުމަތް ރައްކާތެރިކަމާއެކު ފޯރުކޮށް ދިނުމަށާއި ނަރުހުންގެ ކުރިއެރުމާއި ތަމްރީނުތަކުގެ ޙިއްޞާ ބޮޑުކުރުމަށްޓަކައި ގެންދަނީ މި ސިސްޓަމްގެ ބޭނުންކުރަމުންނެވެ. އެމީހުން ބޭނުންކުރަންޖެހޭ ކޮންމެވަސީލަތެއްގެ މަޢުލޫމާތާއި ބޭނުންކުރަންޖެހޭގޮތް ދެނެގަތުމުގައި މިސިސްޓަމް އަދާކުރާރޯލު ވަރަށްމުހިއްމެވެ. ތަނަށްޚިދުމަތް ހޯދަންއަންނަ މީހުންނާއި ޚިދުމަތް ދިނުމުގައި ދެމިތިބޭ މުވައްޒަފުންގެ ހެވާއި ލާބަޔަށްއަށްޓަކައި ލާރނިންގ މެނޭޖްމަންޓް ސިސްޓަމްގެބޭނުން މިދާއިރާގައި ކުރަމުންދަނީ މަޢުލޫމާތާއި ހުނަރު އިތުރަށް ތަރައްޤީކުރުމަށްޓަކައެވެ. މީގެއިތުރުން ބޭސްއުފައްދާ ފަރާތްތަކާއި އެ ވިއްކާ ފަރާތްތަކުން ވެސް ދަނީ މިސިސްޓަމްގެ ބޭނުން ހެޔޮގޮތުގައި ހިފަމުންނެވެ. އެމީހުން އުފައްދާބޭހާއި ފިހާރަތަކުން ވިއްކާ ބޭހާ ބެހޭގޮތުންބޭނުންވާ މަޢުލޫމާތު ޢާއްމުނާ ނުވަތަ ގަންނަ ފަރާތްތަކާ މުޢާމަލާތުކުރުމަށް މި ސިސްޓަމްގެ ބޭނުންކުރެއެވެ. އެންމެފަހު މަޢުލޫމާތު އޮޅުން ފިލުވައިދެނީ މިދެންނެވި ނިޒާމުގެ ދަށުންނެވެ.

ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބައެއް ސޮފްޓްވެއަރ:
މި ސިސްޓަމްގައި ބޭނުންކުރާ ވަރަށްގިނަ ވައްތަރުތައް ނުވަތަ ބައިތައްހުރެއެވެ. މިއީ ތަފާތުކަންތައްތައް ޙާޞިލުކުރުމަށް ބޭނުންކުރެވިދާނެ ސޮފްޓްވެއަރއެވެ. މީގެތެރޭގައި ޑިއުޓީ ޓައިމްޓޭބަލް، ނުވަތަ ކުލާހުގެ ޗެކްލިސްޓް ފަދަތަކެތި ބެލުމަށްޓަކައި މިސިސްޓަމް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން ކުލާހުގެ މާކުސްތަކާއި ގްރޭޑްތައް ސޭވްކުރުމަށް އޮޓޯނިޒާމެއްގެދަށުން މިކަން ބެލެހެއްޓޭނެގޮތާއި ކުދީންނަށް ދެވޭ ޓެސްޓްތަކާއި ކުއިޒުފަދަ ބައިތަކާއި ދުވަހުން ދުވަހަށް އަޕްގްރޭޑް ކުރަންޖެހޭ ލިޔެކިޔުންތަކާއި ރައްކާތެރިކުރަންޖެހޭ ތަކެތީގެ ފައިލިންގ ސިސްޓަމެއްވެސް މި ސޮފްޓްވެއަރ ގެ އެހީގައި ހެދިދާނެއެވެ. މި ސިސްޓަމުގައި އެންމެ ޢާއްމުކޮށް ބޭނުންކުރަނީ ބްލެކްބޯރޑް ލާރންއެވެ. މިއީ  ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ ބާވަތެވެ. މަތީ ތަޢުލީމު ފޯރުކޮށް ދިނުމުގައި މިސޮފްޓްވެއަރގެ 41 އިންސައްތަ މާރކެޓް ހިއްސާވެއެވެ. މީގައި ޕްރޮފެސަރުންނާއި މުދައްރިސުންނަށް ތަފާތު އިއުލާނުތައް ވަކި ކޮލަމެއްގައި ލިޔެވޭނެއެވެ. މީގެއިތުރުން ޔުނިވަރސިޓީ ދާއިރާގައި މޫޑްލް މެދުވެރިކޮށް ކިޔަވާ ދެއްވަވާ މުދައްރިސުންނާއި ޕްރޮފެސަރުންނަށް އަމިއްލަ ވެބްސައިޓް ގާއިމުކުރެވެއެވެ. މީގައި 25 އިންސައްތަ މާރކެޓް ހިއްސާ އޮންނަ ކަމަށް މަޢުލޫމާތުތަކުން ދައްކައެވެ. މީގެސަބަބުން ކުދިންނަށް ކޮންމެ ހިސާބެއްގައި ހުރެވެސް މިސޮފްޓްވެއަރ އިންޓަރނެޓް މެދުވެރިކޮށް ހުޅުވައިލުމުން އެއިއުލާންތައް އޮޓޯމެޓިކުން ފެނެއެވެ. އެހެންކަމުން މިއީ ވަރަށްގިނަ ކަންތައްތައް ކުރުމަށް ހުޅުވިފައިވާ ފަހިމަގެކެވެ. އެހެންނަމަވެސް މިސިސްޓަމުގެ ބޭނުން ހިފުމުގެކުރިން މިކަމަށްދާނެ ޚަރަދާމެދު ވިސްނުން ބެހެއްޓުން މުހިއްމެވެ. މީގެއިތުރުން މީގެބޭނުން ހިފަނީ ކޮންފެންވަރެއްގެ ކޮންފަންނެއްގެ ބައެއްތޯބަލައި މި ޚިދުމަތް ފޯރުކޮށްދޭ މީހުންނަކީ ކިހާބައެއްތޯވެސް ބަލައިލުން މުހިއްމެވެ. 

ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ފައިދާއާއި ގެއްލުން
މިއީ އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުވެރެވޭނެ ސިސްޓަމެޓިކް ނިޒާމެކެވެ. މީހުން ތަމްރީނުކޮށް މަޢުލޫމާތު ދިނުމުން ދިގުމުއްދަތުގައި މަސައްކަތްކުރާނެ ޕްރޮފެޝަނަލް ޓީމެއް ލިބިގެންދާނެއެވެ. މިއީ ލިބޭ ވަރަށްބޮޑު ފައިދާއެކެވެ. މިސިސްޓަމް ބައްޓަންކުރުމުގެ ފުރުޞަތު ފުޅާގޮތެއްގައި ލިބިފައިވުމާއި ތިމާ ބޭނުންވާ މަޢުލޫމާތު ނުވަތަ ހޯދަން ބޭނުންވާ ތަމްރީނު ލިބިގަތުމުގައި ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްވުމަކީ ލިބޭ ފައިދާއެކެވެ.
ފައިދާތައް ލިބޭފަދައިން ކޮންމެ ކަމަކުންވެސް ގެއްލުންތަކެއް ވެސް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން މިކަމަށްދާ ޚަރަދުތައް އިތުރުވުމާއި މި ވަސީލަތް ބޭނުންކޮށްގެން ކިޔަވަން ފޫހިވާބަޔަކު ތިބެދާނެތީ މީގެ ބޭނުންކުޑަވުމާއި ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ރަނގަޅަށް ބައްޓަންކޮށް ޢާއްމުންނަށް ފޯރުކޮށް ދިނުމަށްޓަކައި ގިނަ ވަގުތު ނެގުން ހިމެނެއެވެ.
ނިންމުން
ކުރިމަގުގައި ލާރނިންގ މެނޭޖްމަންޓް ސިސްޓަމާ މެދު ކުރެވޭ އުންމީދު ވަރަށް ފުޅާކަމަށް ޢިލުމުވެރިން ވިދާޅުވެއެވެ. އެގޮތުން ސްމާރޓް ފޯނުގެ އެހީގައި ލާރނިންގ މެނޭޖް މަންޓް ސިސްޓަމުގެތެރެއިން އީ-ލާރނިންގެ ފުރުޞަތު ބޮޑުކަން ފާހަގަކުރައްވައެވެ. އެހެންކަމުން މިއީ އުންމީދު ބޮޑު ދާއިރާއެކެވެ. މިއީ ޓެކްނޮލޮޖީގެ  ރަންޒަމާނުގެ އެންމެ ފާގަތި އެއް ޙިއްޞާއަށް ކުރިމަގުގައި ވެގެންދާނެއެވެ.
ނިމުނީ
ރެފަރެންސް ލިސްޓް
2-  "Second Life Nursing Simulation". YouTube. 2009-09-16. Retrieved 2013-10-22.   "Universities Use Second Life to Teach Complex Concepts". Government Technology. Retrieved 2013-10-03.
 4- Kurbel, Karl: Virtuality on the Students' and on the Teachers' sides: A Multimedia and Internet based International Master Program; ICEF Berlin GmbH (Eds.), Proceedings on the 7th International Conference on Technology Supported Learning and Training – Online Educa; Berlin, Germany; November 2001, pp. 133–136
-6www1.wiziq.com/No_Headache_LMS

13 comments:

  1. ވަރަށް ފުރިހަމަ ލިޔުމެއްް.. މާޝާﷲ

    ReplyDelete
  2. ިކިޔަވައި ދިނުގައި ބޭނުން ކުރެވޭެ ނެ ރަނގަޅގޮތްތައް ފާގަކޮށްފާވޭ އެހެން ކަމުން މީވަރައްފުރިހަމަ ލިޔުމެއް.

    ReplyDelete
  3. ލިޔުން ކިޔާލުމުން ލިޔުން ތެރިޔާގެ ބަހުގެ ކުޅަދާނަކަން ފާހަގަކުރެވުނެވެ ނަމަވެސް ލިޔުން މަދުކަން ފަހަގަކުރަމެވެ.

    ReplyDelete
  4. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  5. މިއެސައިމެންޓު ވަރަށް ފުރިހަމައެވެ.އަދި މިއެސައިމެންޓުގައި ދީފައިވާ މަޢުލޫމާތްތަކަކީ މިދާއިރާގައި މަސައްކަތް ކުރާބަޔަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެކެވެ.

    ReplyDelete
  6. މިއެސައިމެންޓު ވަރަށް ފުރިހަމައެވެ.އަދި މިއެސައިމެންޓުގައި ދީފައިވާ މަޢުލޫމާތްތަކަކީ މިދާއިރާގައި މަސައްކަތް ކުރާބަޔަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެކެވެ.

    ReplyDelete
  7. Learning management system akee kobaikan varah rangalhah engijje

    ReplyDelete
  8. މިސްވަރަށް ފުރިހަމަ. ޢީލްމީ ލިޔުމެއްކަން ފާހަގަކުރެވޭ! މިދާއިރާގައި ކުރިއިތުރަށް ކުރިއަށް ދިއުމުގެ ޤާބިލުކަން އެބަހުރި

    ReplyDelete
  9. މި ލިޔުން ކިޔާލުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިގެން ހިގައްޖެ.. އަދި މިޢީ މޮޅު ދިވެހި ޓީޗަރަކު ލިޔެފައިވާ ލިޔުމެއްކަން ކަށަވަރުވެއްޖެ.. ބުނެލަން އޮތީ ވަރަށް ފުރިހަމައޭ..

    ReplyDelete
  10. ގިނަ މަޢުލޫމާތު ތަކެއް ލިބިގެންދިޔަ ވަރަށް ފުރިހަމަ ލިޔުމެއް

    ReplyDelete
  11. .މި ސިސްޓަމް ފެށިގެން އައިގޮތް އެނގިއްޖެއެވެ. އަދި މިއީ ކޮންބަޔަކު ބޭނުންކުރާ އެއްޗެއްކަންވެސް އެނގިއްޖެއެވެ

    ReplyDelete
  12. މި އާރޓިކަލަކީ ޢިލްމީ ގޮތުން ވަރަށް މުއްސަނދި މަޢުލުމާތުތަކެއް ހިމެނިފައިވާ ވަރަށް ފުރިހަމަ އާރޓިކަލެކެވެ.

    ReplyDelete
  13. ވަރަށް ފުރިހަމަ ލިޔުމެއް. އިތުރަށް ރަނގަޅުކޮށްލަންޏާ ލިޔުންގަނޑު ތެރެއަށް ރެފަރެންސް ހައިޕަރ ލިންކެއް ގޮތަށް ލެވިދާނެ.

    ReplyDelete